ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025ގެ އދ. އަތޮޅު ޗެމްޕިއަންކަން މަންދޫއިން ހޯދާފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ އދ. އަތޮޅު ޗެމްޕިއަންކަން މަންދޫ ހޯދީ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން މަހިބަދޫ 2-1 އިން ބަލިކޮށްފަ އެވެ. މި އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މަންދޫގެ އިބްރާހިމް އިމްރާން (އިންމި) އެވެ. އަދި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ ދަނގެތީގެ މުހައްމަދު ނާއިމް އެވެ.
ޓާފުއެޅި އެއްވެސް ދަނޑެއް ނެތަސް އާބާދީ ކިތައްމެ މަދަސް ގަދަހިތްވަރާ ޖޯޝާ ފޯރީގަ ނުކުމެ ތިޔަ ސާބިތުކޮށްދިނީ ކާމިޔާބީއަކީ މަސައްކަތްތެރިންގެ ހައްޤެއްކަމެވެ. ތިޔަ ހޯއްދެވި ކާމިޔާބީއަށް ޓީމުގެ ހުރިހާ މެމްބަރުންނަށް މަރުހަބާ ދަންނަވަމެވެ.
ފަޚުރުވެރި މަންދޫ ދަރިން. ތިޔައީ އަދުގެ އަލިގަދަ ތަރިން...